މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ކޯޕަރޭޓިވްސްތައް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ކޯޕަރޭޓިވްސްތައް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މަސްވެރިކަމާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލު ކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އާ ވިޔަފާރީގެ ފުރުޞަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، މިކަމަށް ޒުވާނުން އަހުލުވެރިކުރުވުމުގެ ގޮތުން މިމިނިސްޓްރީން ހިންގަމުންގެންދާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ކޯޕަރޭޓިވްސްތައް އުފައްދައި، ހަރުދަނާކޮށް އެތަންތަނުގެ އުފެއްދުންތައް އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ހަރަކާތްތެރިވާ ކޯޕަރޭޓިވްސްތަކަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި، މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގެ 3341836 ނަންބަރަށް ގުޅުއްވުން އެދެމެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ