މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party to showcase Maldivian Cultural Component (Gastronomic Experiences) at ITB Berlin and Maldivian Evening 2024

  (IUL)MMPRC-PRO/1/2024/3 ނަންބަރ

 

އިޢުލާން

 

2024 ވަނަ އަހަރުގެ މާރިޗު މަހުގެ 05 ން 07 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައި ފަސޭހައިން ތައްޔާރު ކުރެވޭ ދިވެހި ކެއުން ތައްޔާރު ކޮށް ހުށަހަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2024  ޖެނުއަރީ  29 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ފެބުރުއަރީ 04 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          

 12 ރަޖަބު 1445ހ.

 23 ޖެނުއަރީ 2024މ

23 ޖަނަވަރީ 2024
ހޯދާ