ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަމުގައި ވިއްކާލުން

ބައު ތަކެތި ނީލަމުގައި ވިއްކާލުން

މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

-          250 ހޯސްޕަވަރ މާކިއުރީ ބްރޭންޑުގެ 02 އިންޖީން

-          250 ހޯސްޕަވަރ ޔަމަހާ ބްރޭންޑުގެ 02 އިންޖީން

ނީލަން ފެށޭ އަގު:

291,398.24ރ (ދެ ލައްކަ ނުވަދިހަ އެއްހާސް ތިންސަތޭކަ ނުވަދިހަ އަށް ރުފިޔާ ސައުވީސް ލާރި)

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

30,000.00ރ (ތިރީސް ހާސް ރުފިޔާ) 

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 10:00 ގައި

އަގު ހުށަހަޅާނެ ތާރީޚް: 

2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 10:00 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/ ކ.ތިލަފުށީ އިންޖީނުގެ

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ /ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 3338235 / 7325332 އަށެވެ.

 

ނޯޓް: 

      މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމަތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

                                11 ރަޖަބު  1445  

                                22 ޖަނަވަރީ 2023

23 ޖަނަވަރީ 2024
ހޯދާ