ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2024" އެކުލަވައިލުން

ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2024" އެކުލަވައިލުން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދިނުމަށް އެކުލަވާލެވޭ "އެކްސްޓަރނަލް ޓްރޭނަރ ޕޫލް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް  2023 ގައި  ރަޖިސްޓްރީވެފައިވާ ބޭފުޅުންގެ ތެރެއިން ޓްރެއިނިންގ ޕޫލްގައި ދެމިތިބުމަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހެޅި ފަރާތްތަކުން  އިތުރަށް ރަޖިސްޓްރީ ވުމަށް  އެޕްލިކޭޝަން ފޯމު ހުށައަޅަން ނުޖެހޭނެ އެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1- މެނޭޖްމަންޓް އެންޑް ލީޑަރޝިޕް

2- ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

3- ޕަބްލިކް އެޑްމިނިސްޓްރޭޝަން  

4- ޕަބްލިކް ޕޮލިސީ

5- ގަވަރނަންސް

6- ޕަބްލިކް ރިލޭޝަންސް

7- ސޯޝަލް މީޑިއާ މާކެޓިންގް

8- ކަސްޓަމަރ ސަރވިސް 

9- ސްޓްރޭޓީޖިކް މެނޭޖްމަންޓް

10- ކޮމްޕްލަޔަންސް އެންޑް އެތިކްސް

11- އިފެކްޓިވް ރީސާޗިންގ ސްކިލްސް

12- ސައިކޮލޮޖީ

13- ވޯކް އެތިކްސް

14- ހޮސްޕިޓާލިޓީ މެނޭޖްމަންޓް

15- ކަރިކިއުލަމް ޑިވެލޮޕްމަންޓް

16- މީޑިއާ އެންޑް ޕަބްލިކް ސްޕީކިންގ

17- ދިވެހި ބަސް

18- އިނގިރޭސި ބަސް

19- ޕްރޮޖެކްޓް ޕްރޮޕޯސަލް އެންޑް ރިޕޯރްޓް ރައިޓިންގ

20- ކޮމިއުނިކޭޝަން ސްކިލްސް

21- ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް

22- ފައިނޭންސް މެނޭޖްމަންޓް

23- ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިސިސް

24- އިންޓަރނަލް އޯޑިޓް

25- އެންޓްރަޕްރޮނާޝިޕް

26- ޕަރސަނަލް ޑިވެލޮޕްމެންޓް

27- އޮކިއުޕޭޝަނަލް ހެލްތް

28- ފަސްޓް އެއިޑް

29- ހެލްތް އެންޑް ސޭފްޓީ

30- އެންޕްލޯއިމަންޓް ލޯ

31- އެސެސްމަންޓް އެންޑް އިވަލުއޭޝަން

32- ޕްރޮޖެކްޓް މެނޭޖްމަންޓް

33- މައިކްރޯސޮފްޓް އޮފީސް 365 ޕެކޭޖް

34- އިންފޮމޭޝަން ޓެކްނޮލޮޖީ

35- ސައިބަރ ސެކިއުރިޓީ

36- އޮޓޯކެޑް

37- ގްރެފިކް ޑިޒައިނިންގ

38- އޮޓޯޓެކް

39- ޓްރެއިނަރ ސްކިލްސް

40- ސޮފްޓް ސްކިލްސް

ޝަރުތު:

ޚިޔާރު ކުރައްވާ ދާއިރާއަކުން ދަށްވެގެން ބެޗެލާރސް ޑިގުރީ ނުވަތަ ދާއިރާއިން ސަރޓިފައިޑް ލައިސަންސްއެއް ޙާޞިލްކޮށްފައިވުމާއެކު ކިޔަވައިދިނުން/ޓްރޭނިންގ ދިނުމުގެ ތަޖްރިބާ ލިބިފައިވުން  

މަސްޢޫލިއްޔަތު:

1- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ޓްރެއިނިންގތައް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުން

2- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ތާރީޚެއް/ތާރީޚުތަކެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުން

އުޖޫރަ:

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ޓްރެއިނިންގް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާނީ ގަޑިއިރަކަށް 200 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ.

ޓްރޭނަރސް ހޮވުމުގައި ބެލެވޭނެ މައިގަނޑު ބައިތައް:  

- ލިބިފައިވާ ތަޢުލީމް

- ކިޔަވައިދިނުމުގެ ތަޖްރިބާ

އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކަށް ޓްރެއިނަރުން ފޮނުވުމުގައި އެއަތޮޅެއްގެ ނުވަތަ އެއަތޮޅާއި ކައިރި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ޓްރެއިނަރުންނަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ފުރިހަމަ ކޮށްފައިވާ ފޯމް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓްފިކެޓްތަކުގެއާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓެޑް ކޮޕީސް

- ލިބިފައިވާ ޓްރޭނިންގ ހިންގުމުގެ ނުވަތަ ކިޔަވައިދިނުމުގެ ތަޖްރިބާގެ ލިޔުންތައް

ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

22 ޖަނަވަރީ 2024
ހޯދާ