މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިސަންސް ޓްރެކަށް ކުޑަކުދިން ވަދެ ނިކުމެ އުޅުމާއި ގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުގެ '' ލައިސަންސް ޓްރެކް '' ތެރެއަށް، މިހާރަކަށް އައިސް ދުވާލުގެ އެކި ވަގުތު ތަކުގައި، ބެލެނި ވެރިޔަކާއި ނުލައި، ކުޑަކުދިން ވަދެ ނިކުމެ ހަދަމުން ގެންދާ ކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ލައިސަންސް ޓްރެކަކީ، ޕާކެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ތަނެއް ނޫންކަމާއި އެތަނަކީ، އިންޖީނުލީ އެންގަމު އުޅަނދުފަހަރުގެ ލައިސަންސް ނެގުމަށްޓަކައި ފަރިތަކުރުމަށާއި  އަދި އެފަދަ ފަރާތްތަކަށް ލައިސަންސް ދިނުމަށްޓަކައި ދެވޭ ޕްރެކްޓިކަލް ޓެސްޓް ބާއްވަން ޚާއްޞަ ކުރެވިގެން ވަކި ގޮތަކަށް، ވަކި މިންގަޑު ތަކަކަށް ތައްޔާރު ކުރެވިފައިވާ ޚާއްޞަ ސަރަހައްދެކެވެ.

އެއްވެސް ޙާއްލެއްގައި ފަރިތަކުރުންތައް ހިނގަމުންދާ ވަގުތު ތަކުގައި ނުވަތަ ލައިސަންސް ނެގުމަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓް  ހިނގަމުންދާ ވަގުތު ތަކުގައި، އެސަރަހައްދަށް، ކަމާއި ގުޅުމެއް  ނެތް ފަރާތްތަކުންނާއި ކުޑަކުދިން ވަދެ ނިކުމެ ހެދުމަކީ ރައްކާތެރި ކަމެއް ނޫންކަމުގައި ވާތީ، މިކަމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ.

އެހެންކަމުން، މީގެ ފަހުން ހުރިހައި ފަރާތްތަކުވެސް މިއުޞޫލުގެ މަތިން ޢަމަލު ކޮށްދެއްވުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން އަންގާ އިޢުލާން ކުރީމެވެ.

11   ރަޖަބު   1445

22   ޖަނަވަރީ  2024  

 

22 ޖަނަވަރީ 2024
ހޯދާ