ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް ޔުނީފޯމް އަދި ފަޓުލޫނު ފަހައި ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކުންފުނީގެ މުވައްޒަފުންނަށް ޔުނީފޯމް އަދި ފަޓުލޫނު ފަހައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމު ކުރެވުނު ނަންބަރ : IL-KPL/2023/022 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އަލުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޟަތު ހުޅުވާލަމެވެ.                             

އެހެންކަމުން މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުންފުނިން ބޭނުންކުރަމުން އަންނަ ޓީޝާޓް / ޔުނީފޯމް އަދި ފަޓުލޫނު، ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެވެލައްވާ ފަރާތްތަކުން ތާވަލުގައިވާ މުއްދަތުގެ ތެރޭގައި، ބިޑްގައި ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

22 ޖަނަވަރީ 2024 އިން 30 ޖަނަވަރީ 2024 އަށް

13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި

31 ޖަނަވަރީ 2024

13:30

އަންދާސީ ހިސާބު ހުށަހެޅުން

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި

07 ފެބްރުއަރީ 2024

13:30

ބިޑްގައި ރަޖްސްޓްރީ ކުރުމަށް: https://shorturl.at/rxPVX

މަޢުލޫމާތު ކަރުދަސް ވިދާޅުވުމަށް: https://shorturl.at/oqwMS

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުކުރާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އާއި 13:00 އާއި ދެމެދު މި އޮފީހުގެ ނަންބަރ 6528558 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 ޖަނަވަރީ 2024
ހޯދާ