މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ރައްޔިތުންގެ އިމާރާތް (ނޫތަރިގޭގެ އިރުމަތިން އޮތް ބިން) ކުއްޔަށް ދޫކުރުން

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު ( ރައްޔިތުންގެ އިމާރާތް '' ނޫތަރިގޭގެ އިރުމަތިން އޮތް ބިން ''  ކުއްޔަށް ދޫކުރުން )

           މިރަށުގެ ރައްޔިތުންގެ ބިމެއްގޮތުގައި އޮތް '' ނޫތަރިގޭގެ އިރުމަތިން އޮތް ބިން '' ކުއްޔަށް ދޫކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

22 ޖެނުއަރީ 2024 – 31 ޖެނުއަރީ 2024

08:00 އިން 14.00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް

31 ޖެނުއަރީ 2024

14.00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

07 ފެބުރުއަރީ 2024

13.00 މެންދުރު

މި ބިން ކުއްޔަށް ހިފުމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ މަހަކު -/2500 ރުފިޔާއެވެ.

ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު 15 އަހަރު ( ކޮންމެ 5 އަހަރަކުން އަގުގެ އިތުރު ކުރެވޭނެއެވެ. )

ބިން ބޭނުންކުރެވޭނެ އުޞޫލު

  • މި ބިން ބޭނުންކުރެވޭނީ ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ، ކޮފީޟޮޕް، ޓޭކް-އަވޭ، އަދި މިނޫނަސް މިފަދަ ބާވަތްތަކުގެ ވިޔަފާރި ހިންގުމަށެވެ.
  • މި ބިމުގައި ރީޓެއިލް ވިޔަފާރިކޮށްގެން ނުވާނެއެވެ.
  • މި ބިން ގަރާޖެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.
  • މި ބިމުގައި ކަނޑުމަހާއި ފަރުމަހުގެ ވިޔަފާރި، މަސްކައްކާ ހިއްކުންފަދަ ކަންތައްތައް، ދަނޑުވެރިކަމާއި ގެރިބަކަރި، ކުކުޅުފަދަ ތަކެތި ގެންގުޅުން އަދި ފައިބަރުގެ މަސައްކަތެއް ނުކުރެވޭނެއެވެ.
  • ގޭހާއި ތެޔޮ ރައްކާކުރާ ގުދަނެއްގެ ގޮތުގައި މި ބިންބޭނުންކޮށްގެން ނުވާނެއެވެ.

ބިމުގައި ޢިމާރާތްކުރުމާއި/ އިންވަކިކުރެވޭނެގޮތް

  1. ކުއްޔަށް ނަގާ ބިމުގައި 1 ބުރިއަށްވުރެ އުސްކޮށް ރާނާ ހިޔާކޮށްގެން ނުވާނެއެވެ.
  2. ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ނުވަތަ ބިން ވަކިކުރުން ފަދަ ޙާލަތެއްގައި ކޮށްފައިވާ އެއްވެސް ޢިމާރާތަކަށް އަދި ތަކެއްޗަކަށް ކައުންސިލުން ބަދަލު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
  3. ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އިން ކޮށިގަނޑުޖަހައި ވަކިކުރެވިފައި ހުންނަންވާނެއެވެ.
  4. ކައުންސިލުން ޤަބޫލުކުރާ ފެންވަރުގެ އެޚިދުމަތް ދެވޭ ފަދަ ތަނަކަށް ވާންޖެހޭނެއެވެ.
  5. މި ބިން ބޭނުންކުރުމަށް ދެވިފައިވާ ޚިދުމަތް 2/1 1 އަހަރުދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ވާނެއެވެ. މިމުއްދަތުގެ ތެރޭގައި ޚިދުމަތް ފޯރުނުކޮށް ދެވިއްޖެނަމަ ބިން ވަކިކުރުމުގެ އިހްތިޔާރު ކޮމަންޑޫ ކައުންސިލަށް ލިބިގެންވެއެވެ.

 

 

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު

 

  1. ޕްރޮޕޯސަލްގައި ހިމެނޭ މަސައްކަތުގެ ތެރެއިން ދެވޭ ޚިދުމަތްތަކުގެ ތަފްޞީލް އަދި އެ ޚިދުމަތްތައް ދޭން ކަނޑައަޅާ ގޮތް.
  2. ބިމުގައި ޢިމާރާތެއް ކުރާނަމަ އެކަމަށް ހޭދަވާނެ ތަކެއްޗާއި ބިންބެލެހެއްޓުމަށް ޤަވާޢިދުން ކުރަމުން ގެންދާނެ މަސައްކަތާ އެކަމަށް ދާނެ ޚަރަދުގެ ތަފްޞީލު.
  3. ކައުންސިލަށް އަދި ރައްޔިތުންނަށް ނުވަތަ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ފައިދާތައް. ( ޚިދުމަތްތައް، ހިލޭ އެހީ، ވަޒީފާގެ ފުރުޞަތު، އިޖުތިމާޢީ ޒިންމާ ފަދަ ކަންތައްތައް. )
  4. ޕްރޮޕޯސަލްގައި ހުށަހަޅާ މަސައްކަތުގެ ތެރެއިން ދިމާވެދާނެ ގެއްލުންތަކާއި ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް އަދި މިކަންކަން މަދުކުރުމަށް އަޅަން ނިންމާ ފިޔަވަޅުތައް.
  5. ޕްރޮޕޯސަލްގައި ދިނުމަށް އެދޭ ޚިދުމަތް ދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ޕްރޮޕޯސަލްގައި ހިމަނާފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުމަށް ކުރެވިދާނެ ކަންކަން.

 

                  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            11 ރަޖަބު        1445

 

22 ޖަނަވަރީ 2024
ހޯދާ