ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

ގދ. މަޑަވެލީ 02 ޤަބުރުސްތާން (މަޑަވެލި ޤަބުރުސްތާނާއި ބަރާސިލު ޤަބުރުސްތާން) ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ހޮވޭ ފަރާތަކަށް އުޖޫރައިގެ ގޮތުގައި މަހަކަށް -/5000ރ. (ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިކަމަށް މީހަކު ހޮވުމުގައި ތިރީގައި މިވާ ކަންތައްތަކަށް އިސްކަން ދެވޭނެއެވެ.

  • އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތް
  • ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.
  • ކޮންމެ ދުވަހަކު ޤަބުރުސްތާން ސާފުކުރުމުގެ މަސައްކަތުގައި އުޅެވޭނެފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަށްވުން ނުވަތަ ޤަބުރުސްތާން ސާފުކުރުމުގެ މަސައްކަތް އެހެން ފަރާތެއް ލައްވައި ކުރުވުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން.

 

        ވީމާ، މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ހެނދުނު 11:45 ގެ ކުރިން ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި ނުވަތަ މަޑަވެލި ކައުންސިލްގެ އިދާރާގެ މެއިލް ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ.

         އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިކައުންސިލްގެ ހޮޓްމެއިލް: 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.                                  

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ޖަނަވަރީ 2024
ހޯދާ