ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

ލީގަލް ކައުންސެލް

ޑިޕާޓްމަންޓް/ސެކްސަން:

ލީގަލް އެންޑް އިންވެސްޓިގޭޝަން

ބޭނުންވާ ޢަދަދު:

02

މަސައްކަތުގެ ބާވަތް:

-          ޓްރައިބިއުނަލް އަދި ކޯޓު ތަކުގައި ކުންފުނި ތަމްސީލުކުރުން.

-          ކުންފުނީގެ ޤާނޫނީ ލަފާ ބޭނުންވާ އެންމެހައި ކަމެއްގައި ޤާނޫނީ ލަފާ ދިނުން.

-          ކުންފުންޏާއި ގުޅުންހުރި ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައްޔާއި އެ ގަވާއިދުތަކަށް ގާނޫނީ ބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތްކުރުން.

-          ޤާނޫނުތަކާއި ގަވާއިދުތަކަށް އަދި ހާލަތަށް އަންނަ ބަދަލުތައް ދިރާސާކޮށް އެކަމާއި ގުޅިގެން މުރާޖަޢާ ކުރަންޖެހޭ ކުންފުނީގެ އުޞޫލުތަކާއި އިޖުރާއަތްތަކާއި ބެހޭ ލަފާ އިސްވެދިނުން.

-          ކުންފުނީގެ ތަހުގީގުކުރާ މައްސަލަތަކުގައި އެހީތެރިކަން ދިނުން.

-          މަސައްކަތާއި ގުޅޭގޮތުން ކުންފުނިން ހަވާލުކުރާ އެހެނިހެންވެސް ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުތުތައް:

-          ލޯ ނުވަތަ ޝަރީއާއިން ލޯ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-          ވަކާލާތުކުރުމުގެ ހުއްދަ އޮތުން.

-          ޝަރުއީ ދާއިރާގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށްފައިވުން.

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް – ލީގަލް އެންޑް އިންވެސްޓިގޭޝަން

 

މަޤާމް:

ޕެރެލީގަލް

ޑިޕާޓްމަންޓް/ސެކްސަން:

ލީގަލް އެންޑް އިންވެސްޓިގޭޝަން

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމާއި، ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.

-          މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

-          ސުޕަވައިޒަރު އަންގާ ގޮތެއްގެމަތިން ރެކޯޑިންގ ބަޔާންތައް ލިޔެ، ޗެކްކޮށް، ރެކޯޑިންގތައް ކަނޑައެޅިފައިވާ ޓާގެޓާއި އެއްގޮތަށް ނިންމުން.

-          ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް މައްސަލަތައް ނިންމުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

-          މައްސަލަތަކާއި ގުޅިގެން ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް ސުޕަވައިޒަރުގެ ލަފަޔާ އެއްގޮތަށް އަޅައި، ޗެކްކުރުން.

ޝަރުތުތައް:

-          ޝަރީޢަތާ ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

-          ޝަރުއީ ދާއިރާގައި މަދުވެގެން 1 އަހަރު މަސައްކަތްކޮށްފައިވުން.

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް – ލީގަލް އެންޑް އިންވެސްޓިގޭޝަން

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

22 ޖަނަވަރީ 2024
ހޯދާ