މަޤާމް :
|
އެގްޒެކެޓިވް ޑިރެކްޓަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/20,000 ރުފިޔާ (ވިހިހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/ 6,000ރުފިޔާ ( ހަހާސް ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް މެނެޖްމަންޓް/ބިޒިނަސް އެޑްމިނިސްޓްރޭޝަން/ކޮމަރސްގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ލިބިފައިވުން އަދި ބިޒްނަސް ގެ ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
- ބިޒްނަސް މެނެޖްމަންޓް/ބިޒިނަސް އެޑްމިނިސްޓްރޭޝަން/ކޮމަރސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ލިބިފައިވުން އަދި ބިޒްނަސް ގެ ދާއިރާއެއްގައި 05 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއެކު އެގްޒެކެޓިވް ޕޯސްޓެއްގައި 02 އަހަރު ދުވަހު އުޅެފައިވުން
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް
|
- އީކޮމާރސް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ ޕްލޭންތައް އެކުލަވާލައި ތަންފީޒްކުރުން
- އީކޮމާރސް މާކެޓް ހަރުދަނާކޮށް ތަރައްޤީކޮށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން
- އީކޮމާރސްގެ އޮޕަރޭޝަންސްގެ މަސައްކަތްތަކާއި ލޮޖިސްޓިކްސް އަދި ފުލްފިލްމަންޓް ސަރވިސްއާ ގުޅުންހުރި މަސައްކަތްތައް ޑިވެލޮޕްކޮށް ތަރައްޤީކުރުމާއި މާކެޓްގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޓެކްނޮލޮޖިކަލް ސޮލިއުޝަންސް ތައާރުފްކޮށް ތަންފީޒުކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ކުރެވޭ އިންޓަރވިއު އިން ފާސްވުން.
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 15:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
- އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|