މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސާރ، ސޭލްސް އެންޑް މާރކެޓިންގ

މަޤާމު:

 އޮފިސާރ، ސޭލްސް އެންޑް މާރކެޓިންގ

ބޭނުންވާ އަދަދު:

 01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

 13025 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ފައިނޭސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ނުވަތަ މަތީ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން.

 ނުވަތަ

  • ސާނަވީ އިމްތިހާނުން 5 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައި ވުމާއެކު މަޤާމާއި ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

މަސްއޫލިއްޔަތު:

  • ކުންފުނީގެ ބޭނުންތަކަށް ޑިޒައިންކުރަންޖެހޭ ތަކެތި ޑިޒައިން ކުރުމާއި އިވެންޓްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
  • އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ޕޯސްޓްތައް ޑިޒައިންކުރުމާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
  • މީޓިންގ އިވެންޓްތަކާއި އެހެނިހެން ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި، އެފޮޓޯތައް އެޑިޓްކުރުމާއި އިވެންޓްތަކުގެ ވީޑިއޯނެގުމާއި އެވީޑިއޯތައް އެޑިޓްކޮށް އެތަކެތި ރައްކާކުރުން.
  • ފޮޓޯގްރަފީ،ވީޑިއޯގްރަފީ އަދި ކޮމްޕިއުޓާރ އެއިޑެޑް ޑިޒައިން ފަދަ ހުނަރުތައް ބޭނުންކޮށްގެން ޕްރެޒެންޓޭޝަންތަކާއި ވީޑިއޯ ތައްޔާރުކުރުން.
  • ކުންފުނީގެ މާކެޓިންގް ޕްލޭން ތައްޔާރުކުރުމާއި އެޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ރާވާ ހިންގުން.
  • ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަޢާރަފްކޮށްފައިވާ ސްކީމްތައް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކުންފުނިން ބޭނުންކުރާ މާކެޓިންގ މެޓީރިއަލްސް ތަކުގެ ކޮންސެޕްޓް ތައްޔާރުކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކުރުން.
  • ކުންފުނީގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މީޑިއާއި ކުންފުނީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ރައްޔިތުންނަށް ފޯރުކޮށްދިނުން.
  • ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ރާވާ ހިންގުން.
  • ކުންފުނިން ކުރާ ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ބައިވެރިވެ ދަތުރުތައް ކަވާރކޮށް ވީޑިއޯ ހެދުމާއި ފޮޓޯނެގުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން  ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

21 ޖަނަވަރީ 2024
ހޯދާ