މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ގުޅޭ

ރ. މާކުރަތުން ދިރިއުޅުމަށްޓަކައި 51 (ފަންސާސް އެކެއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން 2024 ޖަނަވަރީ 21 ވާ އާދީއްތަ ދުވަހުންފެށިގެން 2024 ފެބްރުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމް ރަސްމީ ދުވަސްދުވަހު ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. ހުށަހަޅާ ފޯމްތައް ބަލައި ގަންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ. ވައިބަރ އަދި އީމެއިލް ކުރާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމަތަށްޓަކައި ދެންނެވީމެވެ.

 

ގެވަޅު ދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތަފްސީލް:

  1. ރ. މާކުރަތު ސެއާލިން އެވެ ކިޔާ ގޯތީގެ އިރުމަތިން (02 ގޯތި 1963 އަކަފޫޓް)
  2. ރ. މާކުރަތު ހަސްތީއެވެ ކިޔާގޯތީގެ އިރުމަތިން ( 04 ގޯތި 2072 އަކަފޫޓް)
  3. ރ. މަކުރަތު އަރުތަ އެވެ ކިޔާ ގޯތީގެ އިރުމަތިން ( 06 ގޯތި 2100 އަކަފޫޓް)
  4. ރ. މާކުރަތު ޗަނބޭލީމާއެވެ ކިޔާ ގޯތީގެ އިރުމަތިން ( 3 ގޯތި 2101 އަކަފޫޓް)
  5. ރ. މާކުރަތު ފެހިވިނަ އެވެ ކިޔާ ގޯތީގެ ހުޅަނގުން (3 ގޯތި 2014 އަކަފޫޓް، 8 ގޯތި 2165 އަކަފޫޓް)
  6. ރ. މާކުރަތު އުދަ އެވެ ކިޔާ ގޯތީގެ ހުޅަނގުން (10 ގޯތި 2047 އަކަފޫޓް)
  7. ރ. މާކުރަތު ޖަރަލްގެ އެވެ ކިޔާ ގޯތީގެ އިރުމަތިން (8 ގޯތި 2145 އަކަފޫޓް. 1 ގޯތި 2000 އަކަފޫޓް، 6 ގޯތި 2082 އަކަފޫޓް)

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތައް

  • ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ، ކާޑު ނެތްނަމަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ސާފު ކޮޕީ. ( މުއްދަތު ހަމަނުވާ )
  • ކައިވެނި ކޮށްގެން ހުރިނަމަ ކައިވެނީގެ ސެޓްފިކެޓްގެ ސާފު ކޮޕީ ނުވަތަ ތާރީޚް އެނގޭނެފަދަ ރަސްމީ ލިޔުމެއް، އެއްކައިވެންޏަށްވުރެ ގިނަކައިވެނި ކޮށްފައިވާނަމަ އެމައުލޫމާތު އެނގޭނެ ލިޔުންތައް، ވަރިކޮށްފައިވާނަމަ ވަރީގެ ސެޓްފިކެޓްތަކުގެ ސާފު ކޮޕީ.
  • ގޯއްޗަށްއެދޭމީހާ ވޭތުވެދިޔަ 5 އަހަރުތެރޭގައި ދިރިއުޅުނު ތަންތަނުގެ ތަފްސީލް (ރަށުން ބޭރުގައި ދިރިއުޅުނު ނަމަ ރަށުންބޭރުގައި ދިރިއުޅުނު ސަބަބާއި ބޭނުން ބަޔާންކޮށް) ލިޔެފައިވާ ލިޔުމެއް.
  • އުފަންދަރިންނާއި، ޝަރުއީގޮތުން އަދި އެނޫންވެސް ގޮތަކުން ބަލަމުންދާ ކުދިންގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ ސާފު ކޮޕީ، އަދި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަލަމުންދާނަމަ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ވާނެއެވެ.
  • ފޯމު ހުށަހަޅާއިރު ވެރިފަރާތަށް ޙާޟިރުވެވެން ނެތްނަމަ ބަދަލުގައި ހާޒިރުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ނުވަތަ ކާޑުގެ ނަންބަރު އެނގޭނެފަދަ ރަސްމީ ލިޔުމަކާއި ގޯއްޗަށް އެދޭފަރާތުގެ ބަދަލުގައި ހާޒިރުވި މީހެއްކަން އެނގޭނެފަދަ ސިޓީއެއް ގެންނަންވާނެއެވެ. އަދި ބަދަލުގައި ހާޒިރުވާ މީހާ ހުށަހަޅާ ފޯމުގައިވާ މައުލޫމާތައް އެއްވެސް ބަދަލެއް ގެނެވޭނީ ގޯއްޗަށް އެދޭމީހަގެ ޕަވަރ އޮފް އެޓަރނީ އޮތްނަމައެވެ.

ނޯޓް: ގޯއްޗަށް އެދޭ މީހާގެ ބަދަލުގައި ހާޒިރުވާ މީހަކީ ގޯއްޗަށް އެދޭފަރާތުގެ މައުލޫމާތު ދެވޭވަރުގެ މީހަކަށް ވާންނާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 4009830/ 4009835 ށް ގުޅުއްވުން އެދެމެވެ.

މި އިއުލާނާއި އެކު އާންމުކުރެވިފައިވާ ލިޔުންތައް

  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ޗާރޓް
  • ރ. މާކުރަތުން ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރާނެ ގޮތުގެ އުޞޫލް
  • ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު (ދިވެހިސަރުކަރުގެ ގެޒެޓްގައި)
  • ތަރިކަ، ބަންޑާރަ، އަމިއްލަ ބިން ނުވަތަ ފްލެޓް ދޫކޮށްލުމަށް ވާ އިޤްރާރް

ނޯޓް: މިއިއުލާނު އާންމު ކުރުމާއިއެކު މިއިދާރާގެ ނަންބަރު: (27.12.2020)  (IUL)305-CB305/305/2020/86 އިއުލަނާ ގުޅިގެން ގެވަޅަށް އެދި ހުށަހަޅާފައިވާ ފޯމްތައް ބާޠިލްވާނެވާހަކަ ދެންނެވީމެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ޖަނަވަރީ 2024
ހޯދާ