ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ފެށުމާއި މުރާޖަޢާ ޕްރޮގްރާމް ފެށުން

އިއުލާން

ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މިމަރުކަޒުގެ ފަރާތުން ޤުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަލައިގެން ކިޔެވުމަށް އަހުލުވެރި ކުރުވުމާއި، ހާފިޒުންނަށް އަމާޒުކޮށްގެން މުރާޖަޢާ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 15 ޖަނަވަރީ 2024 އިން ފެށިގެން ވަނީ ހުޅުވާލެވިފައިވެއެވެ. އަދި މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2024 ގައެވެ. އަދި ނިންމުމަށް ޤަސްދު ކުރެވިފައިވަނީ 8 އޭޕްރީލް 2024 ގައެވެ.

މިކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު 15 ޖަނަވަރީ 2024 އިން ފެށިގެން މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ތިރީގައިވާ ލިންކް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެއެވެ.

ވީމާ، މިކުލާހުގައި ބައިވެރިވުމަށްއެދޭ ފަރާތަކުން އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް 3019328 ނަންބަރަށް ގުޅުއްވުން އެދެމެވެ.

  1. ކީރިތި ޤުރްއާން މުރާޖަޢާ ޕްރޮގްރާމް – ޙާފިޡުންނަށް - ގޫގްލް ފޯމް:  https://forms.gle/N8KzmN5L7i3s64Rb8
  2. ކީރިތި ޤުރްއާންއަށް އަހުލުވެރިކުރުން– ޙާފިޡުންނަށް - ގޫގްލް ފޯމް: https://forms.gle/2BWRCJ2fDoogaRzY8
21 ޖަނަވަރީ 2024
ހޯދާ