މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މާޤާމު: ޑިރެކްޓަރ ޖެނެރަލް

ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް

ރޭންކް: އީ އެކްސް 5

މުސާރަ: 13890.00ރ

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: މެނޭޖްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • މިނިސްޓްރީގެ ސްޓްރެޓަޖިކް ޕްލޭން ތައްޔާރު ކުރުމަށް އެހީތެރިވުމާއި މިނިސްޓްރީގެ އަހަރީ ބަޖެޓް ކަނޑައެޅުމަށް އެހީތެރިވުން.
  • އަހަރީ ބަޖެޓް ތަންފީޛު ކުރުމުގައި މާލީ ޒިންމާދާރު އިސްވެރިޔާއަށް އެހީތެރިވުން.
  • މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް މެއިންޓެއިން ކުރުމުގެ ކަންތައްރާވައި ހިނގާ ނުހިނގާ ގޮތް ބެލުން.
  • މިނިސްޓްރީގެ އޮނިގަނޑު މުރާޖާކޮށް އިސްލާޙު ކުރުމުގެ މަސައްކަތް ކުރުން.
  • މިހާރު މިނިސްޓްރީގައި އެކުލަވާލެވިފައިވާ އެކި އެކި އުސޫލުތައް މުރާޖާ ކޮށް އިސްލާޙު ކުރުން.
  • މިނިސްޓްރީގެ ދަށުގައި ރާއްޖެއިން ބޭރުގައި ޤާއިމުކުރެވިފައިވާ ރާއްޖޭގެ މިޝަންތަކުގެ އޮނިގަނޑުތައް މުރާޖާކޮށް އިޞްލާޙު ކުރުމާއި މިނިސްޓްރީގެ މިޝަންސް ކޯޑިނޭޝަން ޑިޕާޓްމަންޓްގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި މަސައްކަތްތައް ހަރުދަނާ ކުރުން.
  • މިނިސްޓްރީގެ ކޮންމެ އަހަރެއްގެ އޯޑިޓާ ގުޅޭ މައްސަލަތައް ބެލެހެއްޓުމާއި އޮޑިޓްގެ ރިޕޯޓުގައި ކަނޑައަޅުއްވާ އިޞްލާޙުތައް ތަންފީޛުކޮށް މައްސަލަތައް ހައްލު ކުރުން.
  • މިނިސްޓްރީގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ރާވައި ހިންގުން.
  • މިނިސްޓްރީގެ ހިއުމަން ރިސޯސްއާއި ބަޖެޓް ޑިވިޜަންގެ މަސައްކަތްތައް ސްޕަވައިޒް ކުރުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • މެނޭޖްމަންޓް/ ފޮރިންރިލޭޝަންސް/ އެޑްމިނިސްޓަރޭޝަން/ ހިއުމަން ރިސޯސަސް އާގުޅުން ހުރި  ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީގައި ދެންނެވިފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

އިންޓަވިއު   އޮންނާނެ މުއްދަތު 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 17-30 އެޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލުފަރާތް ހޮވުމަށް ބެލޭނެކަންތައްތައް

  • ތަޢުލީމާއި ތަމްރީން ކަނޑައެޅިފައިވާ އިންސައްތަ: (%48)
  • މަސައްކަތުގެ ތަޖުރިބާ ކަނޑައެޅިފައިވާ އިންސައްތަ: (% 15 )  
  • އިންޓަވިއު/ ޕްރެކްޓިކަލް ކަނޑައެޅިފައިވާ އިންސައްތަ: (%37) 

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚު:

15 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއޮފް ފޮރިން އެފެއާޒަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމުު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޟް ނެތްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަޞްޢޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓްކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް އެކަން މިނިސްޓްރީއިން އަންގާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

02 އޭޕްރިލް 2015
ހޯދާ