މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

1445 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

            1445 ވަނަ އަހަރުގެ ރަމަޟާންމަހު ބ.ތުޅާދޫގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް ޙާފިޡަކު ހަމަޖައްސަވައި ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ސިޓީއާ އެކު މިކަންކޮށްދެވޭނެ އަގު ބަޔާންކޮށް ކޯޓޭޝަން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހަވާލުކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު:

  • ޙާފިޡް ވާންޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡް ކަމުގެ ސަނަދު އޮތް ފަރާތަކަށެވެ. ނުވަތަ ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީސް ކުރުމުގެ ހުއްދަ އޮތް ފަރާތަކަށެވެ.
  • ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ވިސާ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދަޢުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރަންޖެހޭނީ ޙާފިޡް ގެނެސްދޭ ފަރާތުންނެވެ. އަދި ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމް ކައުންސިލަށް ހުށައެޅުމުން ކައުންސިލްގެ ތައްގަނޑު ޖަހައިދޭނެއެވެ.
  • ރަށުން ބޭރުގެ/ ރާއްޖެއިން ބޭރުގެ ޙާފިޡަކު ނަމަ އެ މީހަކު ރަށާހަމައަށް ގެނައުމުގެ އެންމެހާ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ގެންނަ ފަރާތުގެ ޒިންމާއެކެވެ.
  • 2024 މާރިޗު 08 ވާ ހުކުރު ދުވަހުގެ ކުރިން، މި އިދާރާއަށް ޙާފިޡް ގެނެސްދެއްވަންވާނެއެވެ. އަދި ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު ގިނަވެގެން 03 ދުވަހުގެ ތެރޭގައި ޙާފިޡް ތުޅާދޫން ފުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
  • ޙާފިޡް ތުޅާދޫއަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ހުރިހާ ދަތުރުތަކުގެ ޚަރަދުތައް ކުރަންޖެހޭނީ ޙާފިޡް ގެނެސްދޭ ފަރާތުންނެވެ.
  • ޙާފިޡް ތުޅާދޫގައި ހުންނަ ދުވަސްތަކުގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލްގެ ފަރާތުންނެވެ.

ކޯޓޭޝަން އާއެކު ހުށައަޅަންޖެހޭ ލިޔުންތައް:

  • ޙާފިޡުގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓް ކޮޕީ
  • ހާފިޡުކަމުގެ ސެޓްފިކެޓް ނުވަތަ ލިޔުން
  • ތަޖުރިބާ ލިޔުން އޮތްނަމަ ތަޖުރިބާ ލިޔުމުގެ ކޮޕީ
  • ޙާފިޡުގެ ވަނަވަރު / ސީވީ

ޕޮއިންޓް ދެވޭނެ މިންގަނޑު

ހުށަހަޅާ އަގު 

90 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)

ތަޖުރިބާ    

ތަޖުރިބާއަށް ޕޮއިންޓްދިނުމުގައި ބަލާނީ ފާއިތުވެދިޔަ 03 އަހަރުދުވަހުގެ ތެރޭގައި މި ޢިއުލާނުގައިވާފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކަށެވެ. ހުށައަޅާ ކޮންމެ ލިޔުމަކަށް 02 ޕޮއިންޓް ދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2024
ހޯދާ