ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެސިސްޓެންޓް އެޑްމިނސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު: -/9,100 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މި ޓްރައިބިއުނަލްގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  • ރިސެޕްޝަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  • މުވައްޒަފުންނާ ގުޅޭ އެންމެހައި މަސައްކަތް ކުރުން.
  • އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތްކުރުން.
  • ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި ތިޖޫރީ ބެލެއްޓުންފަދަ ފައިސާއާ ގުޅުންހުރި މަސައްކަތްކުރުން.

ޝަރުޠު:

  • އޭލެވެލް ދެ މާއްދާއާއި އޯލެވެލް އިނގިރޭސި އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާތަކުން ދަށްވެގެން "ސީ" ފާސްލިބިފައިވުން. ނުވަތަ،
  • އޯލެވެލް ހަތަރު މާއްދާއާއި (އިނގިރޭސިއާއެކު) އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)
  • ވަޒީފާއެއްގައި އުޅުއްވާ، ނުވަތަ އުޅުއްވާފައިވާނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް.)
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތް މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއުއަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމު މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ