ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު    

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.   

ވަޒީފާ އޮތް އޮފީސް: ވ. އަތޮޅު މަދަރުސާ

 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ، ދިވެހިރާއްޖެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ވާޖިބުތައް:

1- ސްކޫލުގެ ގޯތިތެރެއާ ވަށައިގެންވާ މަގު، ކޮންމެ ދުވަހަކު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2- ކުލާސްރޫމްތަކާއި އެހެނިހެން ޢިމާރާތްތައް ކޮންމެ ދުވަހަކު ކުނިހަކައި ސާފުކޮށް މޮޕްލައި، ޑެސްކާއި ގޮނޑިތައް ހަމަކޮށް ތަރުތީބުކުރުމާއި، ހަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރުފަތްތައް ކޮންމެ ދުވަހަކު ފޮހެ ސާފުކޮށް ހުޅުވައި ލެއްޕުން.

3- ސާފު ބޯފެން ނެގޭނެ އިންތިޒާމް ހަމަޖައްސައި، ދިޔަދޮވިތައް ސާފުކޮށް، ވިއްސާރަމޫސުމުގައި ތާނގިތައް ރަނގަޅަށް ސާފުކޮށް ފެންއެޅޭނެ އިންތިޒާމް ހަމަޖެއްސުން.

4- ސްކޫލުގެ ގޯތިތެރޭގައި ހުރި ރުއްރުކާއި، ގަސްގަހާއި، އެނޫން ތަކެތި، ކޮންމެ މަހަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

5- ސުކޫލްގެ ހުރިހާ ފާޚާނާތައް ކޮންމެ ދުވަހަކު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

6- ރަސްމީ ގަޑީގައި ދަރިވަރުން ސްކޫލުގެ ގޯތިތެރޭގައި އުޅޭއިރު، އުޅޭ ނޫޅޭގޮތް ބެލުން.

7- ސްކޫލް ފެހިކުރުމަށް، ސްކޫލުގެ މެނޭޖްމަންޓާ ގުޅިގެން ގަސްއިންދައި، ކޮންމެ ދުވަހަކު ގަސްތަކަށް ރަނގަޅަށް ފެންދީ ބެލެހެއްޓުން.

8- ހަނަފަސް ދުވަސްވަރު ސުކޫލް ގޯތިތެރެއަށް ފެންޖަހައި ބެލެހެއްޓުން.

9- ސްޓާފްރޫމުގައި ބޭނުންކުރާ އެންމެހައި މެޝިނަރީތަކާއި، ދޮރާއި ދޮރުފަތްތައް، ކޮންމެ ހަފުތާއަކު 2 ދުވަހު ހިރަފުސްފޮޅައި ސާފުކުރުން.

10- މަހަކު 2 ފަހަރު ސުކޫލުގެ ފަންކާތައް ސާފުކޮށް ބެލެހެއްޓުން.

11- ސްކޫލުގައި ބާއްވާ ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.

12- ސްކޫލުގެ ފަރުނީޗަރުތައް އަބަދުވެސް ސާފުކޮށް ފުހެ ތަރުތީބުން އަތުރާފައި ބެހެއްޓުން.

13- ދަރިވަރުން ބޭނުންކުރާ ގޮނޑިއާއި ޑެސްކުތައް ހިރަފުސްފޮޅައި، ކުލާސްރޫމްތައް ތަރުތީބުން އެތުރުން.

14- ސްކޫލަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެގޮތުން ކުރަންޖެހޭ ކަންކަންކުރުން.

15- ސުކޫލްގެ ވެރިޔާއާއި ސުކޫލަށް ޒިޔާރަތްކުރައްވާ މެހުމާނުގެ ފޮށިތަންމަތި ޖެޓީން ގެނެސް ގެންދިޔުން.

16- ސްކޫލުގައި ބޭއްވޭ ހަރާކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

17- ސުކޫލްގެ އިސްވެރިޔާ ހުންނަވާގޭގެ ކަންކަން ބެލެހެއްޓުން.

18- ސުކޫލުގެ އިމާރާތްތަކުގައި ހުންނަ ދޮރުފޮތިތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.

19- ސުކޫލަށް ކިޔަންޖެހޭ ފަރާތްތަކަށް ކިޔުމާއި ލިޔެކިޔުންފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.

20- މީގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.       

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން.

އެހެނިހެން ޢިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއު ކުރުން:

ހ. އިންޓަވިއުކުރުން އޮންނާނީ، 12 އެޕްރީލް 2015 އާއި 16 އެޕްރީލް 2015 އާ ދެމެދު ވ. އަތޮޅު މަދަރުސާގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ވ. އަތޮޅު މަދަރުސާގެ އޮފީހަށެވެ. ހުށަހަޅަންޖެހޭ ހުރިހާ ތަކެތި ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 9 ވާ ބުރާސްފަތި ދުވަހުގެ 13.00 އެވެ.

ނޯޓް:

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވ. އަތޮޅު މަދަރުސާގެ 6700025 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015
ހޯދާ