ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީޓެސްޓް ކުރާނެ އަންހެން އެގްޒަމިނަރެއް ހޯދުން

މި ކައުންސިލުން ދެމުންގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކޮށްދޭނެ އަންހެން އެގްޒަމިނަރެއް ހޯދުމަށް ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު

އަންހެން 01 (އެކެއް)

ކޮންޓްރެކްޓް މުއްދަތު

02 ( ދޭއް ) އަހަރު

އުޖޫރަ

 - A1, A0 ކެޓަގަރީގެ އުޅަނދަކަށް 15.00 (ފަނަރަ ރުފިޔާ)

-  އެހެނިހެން ކެޓަގަރީތަކުގެ ކޮންމެ އުޅަނދަކަށް 25.00 ( ފަންސަވީސް ރުފިޔާ)

ޝަރުތު

-   އުމުރުން 55 އަހަރުވެފައިވާ މީހެއްކަމުގައި ނުވުން.

-   ފާއިތުވީ 05 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-  ދޫކުރި ތާރީޚުން ފެށިގެން 05 އަހަރު ދުވަސްވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

- A1,A0,B1ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުމާއެކު މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަންކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

-  މި ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

މަސްއޫލިއްޔަތު

  1. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޢާއްމު ކުރައްވާފައިވާ   "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޓެސްޓްދޭ އެގްޒަމިނަރުން ޓެސްޓް ދިނުމުގައި ޢަމަލުކުރަންވީ ގޮތް" އުޞޫލާއި އެއްގޮތަށް މި ކައުންސިލުން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އަމަލީ ޓެސްޓްގެ ކަންކަން ކުރިޔަށް ގެންދިއުން.
  2. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން 11:00 އާއި ދެމެދު މި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ދުއްވުމުގެ އިމްތިހާން ބޭއްވުން. 

 

ޚިދުމަތް ދޭ ގަޑި

ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00ން މެންދުރު 11:00އަށް.  

މިކަމަށް އެދި ހުށަހަޅަންވީ ގޮތާއި ސުންގަޑި

2024 ފެބުރުވަރީ 01 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސިޓީއަކުން މި ކައުންސިލަށް.

މިކަމަށް އެދި ހުށަހަޅާ ސިޓީގައި، ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެވޭނެކަން ބަޔާންކުރަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 03 ( ތިނެއް ) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް
  2. ދިވެހިރައްޔިތެންކަން އަންގައިދާ ކާޑުގެ ސާފު ކޮޕީ ( ދެފުށުގެ )
  3.  އެއްގަމު ލައިސަންސްގެ ސާފު ކޮޕީ
  4. ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ހޮޓްލައިން ނަންބަރު: 1658އާ ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

18 ޖަނަވަރީ 2024
ހޯދާ