ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ "ހުނަރު އެކްސްޕޯ 2024"

އ.ތ.މ ކޮމިޓީގެ "ހުނަރު އެކްސްޕޯ 2024"

ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މިއަހަރުގެ ފެބްރުއަރީ މަހު، އަތްތެރި މަސައްކަތުގެ ޚާއްސަ މަޢުރަޒެއް ގައްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާޢަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި މި އުފެއްދުންތައް އުފައްދައި، ކުރިއަރުވައި އަދި މިފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ޢާންމުކޮށް އެންމެންނަށް އެއްތާކުން މި އުފެއްދުންތައް ފެންނާނޭ މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤްސަދުގައި ކޮމިޓީން ބާއްވާ މަޢުރަޒެކެވެ.

މަޢުރަޒުގައި 5 ދާއިރާއަކުން 56 ގިންތިއަކަށް ތަކެތި ބައިވެރިކުރެވޭނެއެވެ. އެއީ؛

ހ. އަމިއްލަ ފަރުދުން

ށ. ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)

ނ. ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

ރ. ޚާއްސަ އެހީއަށް ބޭނުންވާ ފާރާތްތަކުގެ ދާއިރާ

ބ. ކްލަބް ޖަމިއްޔާތަކުގެ ދާއިރާ

މަޢުރަޒުގައި ތަކެތި ބައިވެރިކުރެވޭ ގިންތިތަކާއި މަޢުރަޒު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި މަޢުރަޒުގެ ވަނަތަކާއި، ވަނަތައް ހޮވާނެ އުޞޫލު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. މަޢުރަޒު ކުރިޔަށްދާނީ 2024 ފެބްރުއަރީ 12 ވާ ހޯމަ ދުވަހުން ފެށިގެން 2024 ފެބްރުއަރީ 17 ވާ ހޮނިހިރު ދުވަހުގެ ދެމެދުއެވެ.  

 

މަޢުރަޒަށް ހުށަހެޅޭ ތަކެތީގެ ތެރެއިން އިންސާފުކުރާ ތަކެތީގެ ބާވަތްތައް ހުށަަހަޅާނެ ތާރިޚެއް ކޮމިޓީން އަންގާނެއެވެ. މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވިމާ، މައުރަޒުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7573884 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

18 ޖަނަވަރީ 2024
ހޯދާ