މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ކައުންސިލް ކަޕް 2024ގެ ހޭންޑް ބޯޅަ އަދި ފްޓްސަލް މުބާރާތާއި ކައުންސިލް ކަޕުގެ ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުން.

ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

 

 

  1. ށ. މިލަންދޫ ކައުންސިލް ކަޕް 2024ގެ ހޭންޑް ބޯޅަ އަދި ފްޓްސަލް މުބާރާތާއި ކައުންސިލް ކަޕާއި ގުޅުންހުރި އިވެންޓްތަކުގެ ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
  2. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ.
  3. މިމަސައްކަތަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 2024 ޖަނަވަރީ 23 ވަނަ ދުވަހު 10:00ގައި މިއިދާރާގެ މީޓިންގ ހޯލުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  4. ކޯޓޭޝަން ހުށައެޅުން އޮންނާނީ 2024 ޖަނަވަރީ 25ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

18 ޖަނަވަރީ 2024
ހޯދާ