މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި ވުޒާރާގެ އޭ.ޕީ.ސީ 2 އިންރޯ ކޫލިންގ ސިސްޓަމް އާއި 2 ޔޫ.ޕީ.އެސް ސިސްޓަމް ސާރވިސްކޮށް ބެލެހެއްޓުމާ ބެހޭ

މި ވުޒާރާގެ ބެލުމުގެ ދަށުގައިވާ، 2 އޭ.ޕީ.ސީ އިންރޯ ކޫލިންގ ސިސްޓަމް އާއި 2 ޔޫ.ޕީ.އެސް ސިސްޓަމް ސާރވިސްކޮށް ބެލެހެއްޓުމަށް ކުރެވުނު ނަންބަރު (IUL)13-E/13/2024/12 (8 ޖަނަވަރީ 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ދެންނެވިފައިވާ އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން: 31 ޖަނަވަރީ 2024، 13:30 އަށް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން[email protected]  މެއިލް ކުރެއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

18 ޖަނަވަރީ 2024
ހޯދާ