ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒު އަޅާ ބިން ސާފުކުރުމާބެހޭ

ޒުވާނުންގެ މަރުކަޒު އަޅާ ބިން ސާފުކުރުމާބެހޭ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާ ތ. ބުރުނީ ޒުވާނުންގެ މަރުކަޒު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން އަމިއްލަ ތަކެތީގައި ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ތ. ބުރުނީގައި ޒުވާނުންގެ މަރުކަޒު ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން އަމިއްލަ ތަކެތީގައި ސާފުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖުމާދަލްއާޚިރާ 1436   

29 މާރިޗު 2015
ހޯދާ