ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން

މިޑިޕާޓްމަންޓުން 2015 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މޭ/ޖޫން އޭލެވެލް އިމްތިޙާނުގެ ސުވާލު ކަރުދާސް ގެންދިޔުމާއި ގެނައުމަށް ކުރާ ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 8 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާ ބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015
ހޯދާ