ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

1445ވަނައަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

1445 ވަނަ އަހަރުގެ ރަމަޟާންމަހު ގދ. ރަތަފަންދޫ މަސްޖިދުލް ރަޙްމާންގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވާނެ ފަރާތެއް ވަނީ ހޯދުމަށް ބޭނުންވެފައެވެ. ވިމާ މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން، ނުވަތަ  ރާއްޖެއިން  ބޭރުން ޙާފިޡުން ގެނައުމުގެ މަސައްކަތް  ކޮށްދެއްވުމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން، 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

އީމެއިލްގެ ޒަރިއްޔާއިން ކޯޓޭޝަން/ އަންދާސީ ހިސާބު ހުށަހަޅާ ނަމަ ޒިޕް ކޮށްފައިވާ ފޯލްޑާއެއްގައި އަންދާސީ ހިސާބު ހިމަނުވައްވައި ސުންގަޑީގައި ޕިން/ޕާސްވޯރޑް މިކައުންސިލްއަށް އީމެއިލް ނުވަތަ މެސެޖަކުން ހިއްސާކުރުން އެދެމެވެ.

ތިރީގައިވާ ކަންކަން ހަމަޖެއްސުމަކީ ޙާފިޒް ގެންނަ ފަރާތުގެ ޒިންމާއެކެވެ.

  • ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  • ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެނެސްދިނުން.
  • ޙާފިޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
  • ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެންގޮސް އޭނާގެ ޤައުމަށް ފޮނުވާލުން.
  • ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6840026 ފޯނާ ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. [email protected]

18 ޖަނަވަރީ 2024
ހޯދާ