އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ޓޯޓަލް ނީ ރިޕްލޭސްމަންޓް ސަރޖަރީ (ޓީ.ކޭ.އަރު)، ޓޯޓަލް ހިޕް ރިޕްލޭސްމަންޓް (ޓީ.އެޗް.އާރ) ހެމީ ހިޕް އަރތްރޯޕްލާސްޓީގެ ޚިދުމަތަށް ބޭނުންވާނެ އިންސްޓްރޫމަންޓް އަދި ކޮންސިއުބަލްސް ސަޕްލައިކޮށް ޓްރެއިނިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ޓޯޓަލް ނީ ރިޕްލޭސްމަންޓް ސަރޖަރީ (ޓީ.ކޭ.އަރު)، ޓޯޓަލް ހިޕް ރިޕްލޭސްމަންޓް (ޓީ.އެޗް.އާރ) ހެމީ ހިޕް އަރތްރޯޕްލާސްޓީގެ ޚިދުމަތަށް ބޭނުންވާނެ އިންސްޓްރޫމަންޓް އަދި ކޮންސިއުބަލްސް ސަޕްލައިކޮށް ޓްރެއިނިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން‏ 17‏ ޖަނަވަރީ‏ 2024‏ ، ބުދަ އިން ފެށިގެން ‏ 22‏ ޖަނަވަރީ‏ 2024‏ ، ހޯމަ ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ‏ 23‏ ޖަނަވަރީ‏ 2024‏ ، އަންގާރަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 29‏ ޖަނަވަރީ‏ 2024‏ ، ހޯމަ ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

17 ޖަނަވަރީ 2024
ހޯދާ