އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މެރިޓައިމް އިންސްޓިޓިއުޝަންގެ ފަރާތުން އައްޑޫސިޓީގައި ނިޔަމިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 އިޢުލާން          

            

    މެރިޓައިމް އިންސްޓިޓިއުޝަންގެ ފަރާތުން އައްޑޫސިޓީގައި ނިޔަމިކޯސް ހިންގުމަށް އެއިންސްޓިޓިއުޝަންގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. ވީމާ، ނިޔަމި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަންގެ ވައިބަރ ނަންބަރު ( 7385003 ) އަށް އައިޑީކާޑުގެ ކޮޕީ އާއި ގުޅޭނެ ނަންބަރު އެގޭގޮތަށް ވައިބަރ ކޮށް ދެއްވުން އެދެމެވެ.

    އަދި މިކޯހުގެ ފީ އާއި ކޯސް ކުރިއަށް ގެންދެވޭނެ މުއްދަތު ސާފު ކުރެއްވުމަށް މިއިދާރާގެ ނަންބަރު ( 6885003 ) އިން ޓްރާންސްޕޯޓް ސެކްޝަނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 06   ރަޖަބު   1445 ހ.

 17  ޖަނަވަރީ   2024 މ

17 ޖަނަވަރީ 2024
ހޯދާ