ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންސާނީ ޙައްޤުތަކުގެ ވާހަކަ ފޮތުގެ ލޭއައުޓް ޑިޒައިން އަދި ކުރެހުންތައް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް

މިކޮމިޝަނުން ކުޑަކުދިންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ވާހަކަ ފޮތުގެ ލޭއައުޓް ޑިޒައިން އަދި ކުރެހުންތައް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015
ހޯދާ