ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް

މަރާމާތުކުރާނެ ފަރާތެއް ބޭނުންވެއްޖެ

ދިވެހިބަހުގެ އެކެޑަމީގެ ލައިބްރަރީގެ ހަރުތަކުގެ ބިއްލޫރި ބަދަލުކޮށް ތަޅު ހަރުކުރުމާއި މަރާމާތު ކުރުމާއި ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ބޭނުންވެގެން ކުރި ނަންބަރު IUL)430-DBA-I/1/2015/3) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅީ 2 ފަރާތުންކަމަށްވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިކަމަށް އެދޭ ފަރާތްތަކުން 2015 އެޕްރީލް 8 ވާ ބުދަ ދުވަހުގެ 10:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކަށްވެސް މަޢުލޫމާތު ކަރުދާސް ދޫކުރެވިދާނެއެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.

12 ޖުމާދަލްއާޚިރާ 1436 

31 މާރިޗު 2015
ހޯދާ