މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރަސްމީ ބޭނުންތަކުގައި ބޭނުންކުރުމަށް 07 މީހުންގެ ޖާގައިގެ ވޭނެއް ހޯދާދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 04 ފެބުރުވަރީ 2024 09:27 ގައި ބާތިލް ކުރެވިފައެވެ.


 (IUL)337/337/2024/7 ނަންބަރ

އިޢުލާން

 

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރަސްމީ ބޭނުންތަކުގައި ބޭނުންކުރުމަށް 07 މީހުންގެ ޖާގައިގެ ވޭނެއް ހޯދާދޭނެ ފަރާތެއް ބޭނުން ވެއްޖެ

 

މި ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކ. މާފުށީގެ ކައުންސިލްގެ ރަސްމީ ބޭނުންތަކުގައި ބޭނުންކުރުމަށް 07 މީހުންގެ ޖާގައިގެ ވޭނެއް ހޯދާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި ޢިއުލާނާއެކު ވެހިކަލްއާއި ގުޅޭ އިތުރު ތަފުސީލު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ އަދި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް[email protected]  އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު ( ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް )

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

 

ބީލަން ރަޖިސްޓްރީ ކުރުން:

25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 9:30 ގެ ކުރިން

މަޢުލޫމާތު ސާފުކުރުން:

24 ޖަނަވަރީ 2024 ވަނަ ދުވަހުގެ 9:30 ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން:

25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަގިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 ރަޖަބް 1445

16 ޖަނަވަރީ 2024

 

16 ޖަނަވަރީ 2024
ހޯދާ