ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮކިއުމަންޓް)

މަޤާމު:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮކިއުމަންޓް)

ބޭނުންވާ އަދަދު

02 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް އޮފީސް  (1) އަދި މާލެ އޮފީސް (1)

މަޤާމުގެ ޝަރުޠު:

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  އަދި ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.  ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހު އުޅެ  ތަޖުރިބާ ލިބިފައިވުން.
  • އަދި، މައިކްރޯސްފްޓް އޮފީސް އަށް އަހުލުވެރި މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕްރޮކިއުމަންޓް ޕޮލިސީގައިވާގޮތުގެމަތިން ޕްރޮކިއުމަންޓް ގެމަސައްކަތްތައް ކުރުން.
  • ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރޭގައި ހިމެނޭ އެންމެހާ ފޯރމުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  • އައު ކްލައެންޓުން ހޯދުމާއި ކްލައެންޓް ޑާޓާބޭސް ބެލެހެއްޓުން
  • އަގު ހޯދުމަށް ބޭނުންވާ RFQ ތައްޔާރުކޮށް ސަޕްލަޔަރުންނަށް މެއިލްކުރުން
  • ލިބޭ އަގުތަކަށް ބިނާކޮށް ހުލާސާ ތައްޔާރުކުރުން
  • ޕްރޮކިއުމަންޓްގެ އުސޫލާއި އެއްގޮތަށް އިއުލާނުކޮށް އަދި ޓެންޑަރ ޑޮކިއުމަންޓްތައް (އެކަށީގެންވާ ހާލަތްތަކުގައި ބިޑްތައް ވިއްކުން) ދޫކުރުން.
  • ލިބިފައިވާ މުދާތައް/ޚިދުމަތްތަކަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުގެ އެޕްރޫވަލް/މުދާ ނުވަތަ ޚިދުމަތްތައް ލިބުނުކަމަށް ސޮއެކޮށްފައިވާ ރިސީޓް ހޯދުން. މައްސަލައެއް މެދުވެރިވެއްޖެނަމަ، ސަޕްލަޔަރާއި މަޝްވަރާކޮށް މައްސަލަ ހައްލުކުރުން.
  • ކޮންޓްރެކްޓް ބެލެހެއްޓުން؛ ޝަރުތުތަކަށް ގެންނަންޖެހޭ ބަދަލުތައް ("މޮޑިފައި") ގެނައުން އަދި ކޮންޓްރެކްޓް ބަންދުކުރުމަށް ("ކްލޯޒް އޮފް ކޮންޓްރެކްޓް") ތައްޔާރުކުރުން.
  • ބޭނުންވާ އެޕްރޫވަލްތައް ލިބުމުން ފައިސާ ދެއްކުމަށްޓަކައި އެކައުންޓްސް/ފައިނޭންސް ޑިޕާޓްމަންޓަށް ރިކުއެސްޓްކުރުން.
  • ކޮންމެ ޕްރޮކިއުމަންޓަކާއި ގުޅޭ ލިޔެކިޔުންތައް ތަރުތީބުކޮށް، އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • އެސެޓް ރެޖިސްޓްރީ ބެލެހެއްޓުން.
  • އެސެޓް ރެޖިސްޓްރީގައިވާ މުދަލުގެ ތެރެއިން ހަލާކުވެގެން ނައްތާލަންޖެހޭ އެންމެހާ މުދާ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ނީލަން އުސޫލުން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކުރިއަށްއޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • އެނުއަލް ޕްރޮކިއުމަންޓް ޕްލޭން ތައްޔާރު ކުރުން.
  • ސެކްޝަނުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމަމުން ގެންދިޔުމުގައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ސެކްޝަނާއި ހަވާލުވެ ހުންނެވި ވެރިޔަކު އިސްކަންދެއްވާ ގޮތުގެމަތިން ކުރަމުން ގެންދިޔުން.
  • ސެކްޝަނުގެ ވެރިން އަންގަވާ ގޮތުގެމަތިން ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި އޮފީހުގެ އެހެނިހެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/4000 ރުފިޔާ
  • ސަރވިސް އެލަވަންސް -/6913 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

 2024 ޖެނުއަރީ 24 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7940704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  /email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
16 ޖަނަވަރީ 2024
ހޯދާ