މުލަކު ޞިއްޙީ މަރުކަޒު، މ. މުލައް
ދިވެހިރާއްޖެ
އެމްބިއުލާންސް ގަރާޖު، ގޯތިތެރެއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ:

            މިރަށު މާރަނގަ ގެސްޓްހައުސް ހުރި ބިމުގައި އިމާރާތްކުރެވިފައިވާ މިމަރުކަޒުގެ އެމްބިއުލާންސް ގަރާޖު މިމަރުކަޒުގެ ގޯތިތެރެއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް މިމަރުކަޒުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:15 އަށް މިމަރުކަޒުގެ އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

            ބަދަލުގައި ހާޒިރުވެލައްވާ ފަރާތްތަކުން އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އެފަދަ ލިޔުމެއް ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

            އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި ކޮން މަސައްކަތަކަށް ހުށަހަޅުއްވާ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.    

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ