ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުންޑޫގެ އިޖުތިމާއީ ސަރަހައްދުތަކުގައި ހުރި ބަނބުކެޔޮ ގަސްތައް ސިޓީ ހުށައަޅައި ނީލަންކިޔުމާއި ގުޅޭ

  1. ޓިޔުލިޕް ގޯތީގެ އުތުރަށް އޮތް ހުސްބިމުގައި ހުރި ބަނބުކެޔޮގަސް  ފެށޭ އަގު  500.00
  2. ފްލެކްސްއިންކް މަސައްކަތު ސައިޓުގެ އުތުރު ފަރާތުގައި ހުރި 02 ބަނބުކެޔޮގަސް ( ފެށޭ އަގު ގަހެއް 250.00 ) ސިޓީ ހުށައަޅާނީ ކޮންމެ ގަހެއްވެސް ވަކިންނެވެ.
  3. މުންޑޫ ކައުންސިލް އިދާރާ ގޯތީގައި ހުރި ބަނބުކެޔޮގަސް ފެށޭ އަގު 1000.00

-ފަހަރަކު އިތުރު ކުރެވޭނީ 50.00 ( ފަންސާސް ރުފިޔާ)

- ސިޓީ ހުށައަޅާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން 13:30 އާއި ހަމައަށް މުންޑޫ ކައުންސިލް އިދާރާއަށްށެވެ. ނުވަތަ މުންޑޫ ކައުންސިލްގެ މެއިލް އެޑްރެސް [email protected]  އަށްށެވެ.

- އެންމެ ފަހުން ހުށައަޅާ އަގު އަބަދުވެސް މުންޑޫ ކައުންސިލްގެ ކޮމިޔުނިޓީ ވައިބާ ގްރޫޕްގައި އަދި ކައުންސިލްގެ ނޯޓިސް ބޯޑުގައި އިއުލާން ކުރެވޭނެއެވެ.

- ޖެހިޖެހިގެން 03 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެންމެ ފަހުން ސިޓީ ހުށައެޅި ފަރާތަށް ނީލަން ކާމިޔާބު ވީއެވެ.

- ދުވަސް ގުނާނީ ބަންދުދުވަސް ނުގުނައެވެ.

- ސިޓީ ހުށައެޅޭނެ އެންމެ ފަހުގެ ތާރީހަކީ 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އާއި ހަމައަށްށެވެ.

- ނީލަން ކާމިޔާބުވާ ފަރާތަކަށް ނީލަން ކާމިޔާބުވިކަން ކައުންސިލުން އަންގާ ދުވަހުން ފެށިގެން 06 މަސް ދުވަހުގެ މުއްދަތަށް ގަސް ހަވާލުކުރެވޭނެއެވެ.

     ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

16 ޖަނަވަރީ 2024
ހޯދާ