އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

02

މަޤާމުގެ ބާވަތް:

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހުޅުމާލެ އެތުލެޓިކްސް ސްޓޭޑިއަމް)

މުސާރަ:

 7000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

އެޓެންޑެންސް އެލަވަންސް: ނިކުންކަ ކޮންމެ ދުވަހަކަށް 75.00ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ރަސްމީ ދުވަސްތަކާއި ނުރަސްމީ ދުވަސްތަކުގައި ރޭވިފައިވާ އުސޫލާއި އެއްގޮތަށް، އޮފީސް ހުޅުވާ ލެއްޕުން.
  • މުވައްޒަފުންނާއި ގުޅޭ މަސައްކަތްތައް ކުރުން.
  • އިންވެންޓްރީ އާއި ސްޓޮކް ބެލެހެއްޓުން.
  • ނޭޝަނަލް ޓީމް އަދި ޓްރެއިނިން ޕޫލްގެ އެތުލީޓުންނާއި އޮފިޝަލުންނާ ގުޅޭ އިދާރީ މަސައްކަތް ކުރުން
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގެ އިދާރީ ކަންކަން ކުރުން.
  • އެންޓްރީ/ޑިސްޕެޗް މަސައްކަތް ކުރުން
  • ސިޓީ/އީމެއިލް އަށް ޖަވާބުދިނުން
  • ފައިނޭންސް މަސައްކަތް ކުރުން
  • މީގެ އިތުރުންވެސް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙަނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެންކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން . ނުވަތަ،
  2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  4. މިމަގާމަށް މީހަކު ހޮވުމުގައި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ( ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާއަށް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް

  • މަސައްކަތު ތަޖުރިބާ
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވުން.
  • ކުޅިވަރުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ އާއި ތަމްރީން ލިބިފައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އެސޯސިއޭޝަންގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓުގައި ވަޒީފާއަށް އެދިލައްވާފަރާރުގެ ނަމާއި އެދިލައްވާ މަޤާމު ހިމެނުއްވުންއެދެމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އެސޯސިއޭޝަންގެ އީ-މެއިލް  [email protected] މެއިލް ކުރެއްވުން އެދެމެވެ.

16 ޖަނަވަރީ 2024
ހޯދާ