މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒަރޫރީ ބޭނުންތަކަށް ވެލިނަގާނެ ސަރަޙައްދުތައް ކަނޑައެޅުން

       އިޢުލާން

ޒަރޫރީ ބޭނުންތަކަށް ވެލިނަގާނެ ސަރަޙައްދުތައް ކަނޑައެޅުން

ރަށުގެ ރައްޔަތުންގެ ޒަރޫރީ ބޭނުންތަކަށް ކ.ގުރައިދޫއިން ވެލި ނަގާނެ ސަރަޙައްދުތަކެއް ކ.ގުރައިދޫގެ ރައްޔިތުންގެ މަޝްވަރާއާއެކު ކ.ގުރައިދޫ ކައުންސިލުން ކަނޑައަޅާ، "ޒަރޫރީ ބޭނުންތަކަށް ވެލިނެގުމާބެހޭ އުސޫލު" ކައުންސިލުން ފާސްކޮށްފައިވާކަން އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިއުސޫލުގެ ދަށުން ޒަރޫރީ ބޭނުންތަކަށް ވެލިނެގޭނީ ގޮޑުދޮށުގެ ހޭޅިފަށުން ފެށިގެން 400 (ހަތަރު ސަތޭކަ) ފޫޓު ބޭރަށް މޫދަށްވާގޮތަށް، އުސޫލުގައި ބަޔާންކޮށްފައިވާ ތަންތަނުން، ބަޔާންކުރެވިފައިވާ ވަގުތުތަކުގައެވެ. އަދި ވެލި ނެގުމަށްޓަކައި ބޭނުންވާ ހުއްދަ ހޯދުމަށް ޢަމަލުކުރަންވީގޮތް އުސޫލުގައި ބަޔާންކުރެވިފައިވާއިރު، ވެލި ނަގާނެ މިންގަނޑާއި މުއްދަތުވެސް އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ.

ވީމާ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ބޭނުންވާ ފަރާތްތަކުން މި އުސޫލާ އެއްގޮތަށް ޢަމަލުކުރެއްވުން އެދެމެވެ. އަދި މި އުސޫލާ ޚިލާފުވާ ފަރާތްތަކާއިމެދު "ޒަރޫރީ ބޭނުންތަކަށް ވެލިނެގުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެކަމުގައިވެސް ދަންނަވަމެވެ.

މި އުސޫލުގެ ދަށުން ގުރައިދޫއިން ވެލި ނެގޭނެ ސަރަޙައްދުތައް އެނގޭނެ ޗާޓު އަދި "ޒަރޫރީ ބޭނުންތަކަށް ވެލިނެގުމާބެހޭ އުސޫލު" މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

16 ޖަނަވަރީ 2024
ހޯދާ