މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއިމިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމާއިގުޅޭ.

އިޢުލާން

(IUL)286-MP/286/2024/07ނަންބަރު:

 ފަޤީރުންނާއިމިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމާއިގުޅޭ.

ތާރީޚް: 14 ޖަނަވަރީ 2024

 

 

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ސަރކުލަރ ނަންބަރު 496-A2/CIR/2024/1000 އާއި ޙަވަލާދީ ދަންނަވަމެވެ. ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން 01 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ވީމާ، މިއަދުން ފެށިގެން ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ. އަދި ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި ފޯމް ބަލައި ގަންނާނެ އެންމެ ފަހު ތާރީޚް އަކީ  01 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 13.00 ކަމުގައި ވާތީ ހުރިހާ ފަރާތް ތަކުންވެސް ކަނޑައޅިފައިވާ މުއްދަތުގެ ކުރިން ފޯމްލާ ނިންމެވުމަށް ދަންނަވަމެވެ. އަދި  މުއްދަތުގެ ފަހުން  ހުށައަޅާ ފޯމް ތައް މިއިދާރާއަށް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 ޖަނަވަރީ 2024
ހޯދާ