ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ

2024 ވަނަ އަހަރު މި ސްކޫލްގެ މުދާ ރައްކާކޮށް ބަހައްޓާނެ ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 ޖަނަވަރީ 2024 އިން 21 ޖަނަވަރީ 2024 ގެ 13:00 ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ. ނުވަތަ ގޫގްލް ފޯމް https://shorturl.at/nxLO9 ފުރިހަމަކުރައްވާ.

1-     މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

2-     ރަޖިސްޓްރީ ނަމްބަރ:

3-     އީމެއިލް އެޑްރެސް:

4-     ގުޅޭނެ މޯބައިލް ނަމްބަރ:

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖަނަވަރީ 2024 ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.
  • މިމަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  •      ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ
  • ފޯން: 6580330
  • އީ-މެއިލް: [email protected]
15 ޖަނަވަރީ 2024
ހޯދާ