ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

                                                   ނަންބަރ: (IUL)258/258/2024/5      

 

އިޢުލާން

    

1445 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

                1445 ވަނަ އަހަރު ރަމަޟާންމަހު ހދ. ހަނިމާދޫ "މަސްޖިދު މޫސާ އަލީ) އާއި، "މަސްޖިދުއް ތައުބާ" ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޡުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހުށަހަޅާ ފަރާތެއްގެ ލެޓަރ ހެޑުގައި ސިޓީއަކާއިއެކު މި މަސައްކަތް ކޮށްދެވިދާނެ އަގު ބަޔާންކޮށް ކޯޓޭޝަން މިކައުންސިލްގެ އިދާރާއަށް އީމެއިލުން ނުވަތަ ހާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުން ފުޅުވާނަމަ 4002064 އާއި ގުޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަންގައި މިދަންނަވާ މައުލޫމާތު ހިމަނަންވާނެއެވެ.

ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ

  • ފުލައިޓުގެ ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެގެނައުމާއި، އެނބުރި ޤައުމަށް ދިއުމަށް ފުލައިޓުން ޚަރަދު ވާނެވަރު)
  • ޙާފިޡް ރަށާއި ހަމައަށް ގެނެސްދީ ގެންގޮސަދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
  • މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު، (މާލޭގައި މަޑުކުރަންޖެހިއްޖެނަމަ)
  • ޙާފިޡަށްދޭ އެލަވަންސް
  • ވިސާ ދެއްކުމާއި އިންޝުއަރރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރި ކަމުގެ ލިޔުން.
  • ރަށުގައި ތިއްބަވާ ދުވަސް ވަރުގެ ކެއުމާއި އެކޮމަޑޭޝަން ޚަރަދު.
  • ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައިޑީކާޑު ކޮޕީ (ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ)
  • ތަޖުރިބާގެ ލިޔުމުގެ ކޮޕީ
  • އެހެނިހެން: (ޙާފިޡަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުއްވުން އެދެން).
  • ނޯޓް: ޙާފިޡުން ގެނައުމުގައި ދިވެހި ޙާފިޡުން ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04  ރަޖަބު   1445

15 ޖަނަވަރީ  2024

15 ޖަނަވަރީ 2024
ހޯދާ