މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ރާވާ ހިންގާ އިވެންޓްތަކުގެ ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޕޯސްޓަރ ޑިޒައިން ކުރުމުގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެ

(IUL)297-PS/297/2024/10ނަންބަރު

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

01 ފެބުރުވަރީ 2024 ން 31 ޑިސެންބަރު 2024ގެ ނިޔަލަށް ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ރާވާ ހިންގާ އިވެންޓްތަކުގެ ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޕޯސްޓަރ ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު2014/19) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މި އިޢުލާނާއެކުގައިވާ މައުލޫމާތާއި، އަގު ހުށަހަޅާ ފޯމު ބެއްލެވުމަށްފަހު 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޖަނަވަރީ 2024

15 ޖަނަވަރީ 2024
ހޯދާ