ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި އިދާރާގައި މިހާރު ހަލާކުވެފައިވާ އޭސީތައް ނަގައި އަދި މި އިދާރާއިން ޙަވާލުކުރާ އޭސީތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

މި މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައްhttp://tinyurl.com/ACINSTALLwrk  ލިންކުން ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 24 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ތިރީގައިއެވާ ގޫގަލް ފޯމުން ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ގޫގަލް ފޯމް ލިންކް: http://tinyurl.com/Quot0REG

އަދި ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުއްވައިގެންވެސް ކޯޓޭޝަން ހުށަހެޅުއްވޭނެއެވެ. އަދި މިގޮތަށް ހުށަހެޅުމަށް ވަކިން ރަޖިސްޓްރީކުރާކަށް ނުޖެހޭނެއެވެ.

 

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2024
ހޯދާ