މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް، "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމަށް ހަމަޖެއްސުން

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނިފައިވާފަދައިން، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއާއި މި މިނިސްޓްރީ ގުޅިގެން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް މި ޚިދުމަތް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. ވުމާއެކު، 16 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭނީ "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށްކަމުގައި ދަންނަވަމެވެ.

 

"ވަންގަވް" މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅޭނީ oneservicemaldives.com އަށް ޒިޔާރަތްކުރެއްވުމަށްފަހު، އީފާސްއިން ލޮގިންކުރައްވައިގެންނެވެ.

 

ވީމާ، މި ޚިދުމަތް ހޯއްދެވުމަށް އެދި ހުށަހަޅުއްވާ އެންމެހައި ފަރާތްތަކަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. މި ޚިދުމަތް ހޯއްދެވުމުގައި އިތުރު މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި ވަންގަވް ސަޕޯޓް ސެންޓަރ ނަންބަރ 1500 ނުވަތަ މިނިސްޓްރީގެ ނަންބަރު 4004946، 4004950، 4004947 އާއި ގުޅުއްވުން އެދެމެވެ.

         

           03   ރަޖަބް   1445 ހ.

           15   ޖަނަވަރީ  2024 މ.         

15 ޖަނަވަރީ 2024
ހޯދާ