ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް އިޢުލާން ކުރުމާގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް އިޢުލާން ކުރުމާގުޅޭ

         ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ އިސްލާމިކް މިނިސްޓްރީއިން ހުޅުވާލެވިފައެވެ. އެހެންކަމުން މި ރަށުގައި ފަޤީރުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން ފެށިގެން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

             ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފޯމުދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2024 އިން ފެށިގެން 01 ފެބްރުއަރީ 2024 އަށް ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން  13:00 އަށެވެ. ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާއިން ލިބެންހު ންނާނެ ވާހަކަ ދެންނެވީމެވެ.   

        މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                              02  ރަޖަބް   1445 

14 ޖަނަވަރީ 2024
ހޯދާ