މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމާއި ގުޅޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 01 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ މިޔަދުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 13:30 އަށެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 1 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

 ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 1 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް މި އިދާރާއިން ބަލައިނުގަންނާނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. ސުންގަޑި ހަމަވުމުގެ ކުރިން ދުރާލާ ލިޔެކިޔުންތައް ހަމަކޮށް ފޯމް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

15 ޖަނަވަރީ 2024
ހޯދާ