މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

ކައުންސެލަރ  

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

ހަމަޖެހިފައިވާ އުޞޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތް:

  • ސްކޫލުގެ ދަރިވަރުންނަށް ކައުންސިލިންގ ދިނުން.
  • ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ އިރުޝާދާއެކު އެޅުން.
  • ދަރިވަރުންނާއި މުއައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ފަދަ ރައްކާތެރި ރަނގަޅު މާޙައުލެއް ޤާއިމުކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން.
  • ސްކޫލުގެ ޞިއްޙީ ޕޮރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭފަދަ ވޯރކްޝޮޕްތައް، ސުކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.
  • އަމިއްލަ ނަފްސު ކުރިއަރުވަން/ހަރުދަނާކުރަން މަސައްކަތްކުރުން.
  • ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، އަޚުލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ތަފާތު ޕްރޮގުރާމުތައް ރާވައި ހިންގުން.
  • ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު.

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

ސުންގަޑި:
މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 އެޕްރީލް 13 ވަނަ ދުވަހުގެ މެންދުރުފަހު 14.30 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭ ފޯމް، ބަޔާންކޮށްފައިވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިއުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ޅިގެން އިތުރު މައުލޫމާތު ސާފުކުރަން ގުޅާނީ، 3320341 ނަންބަރު ފޯނާއެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ