މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރަމުންގެންދާތީ، މިދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭފަރާތްތަކުން ފޯމް ހުށަހަޅުމުގެ ފުރުޞަތު 14ޖަނަވަރީ 2024 އިން 01 ފެބުރުއަރީ 2024ވަނަ ދުވަހުގެ 13.00އާ ހަމައަށްވަނީ ހުޅުވާލެވިފައެވެ.

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށްއެދޭ ފޯމް 14 ޖަނަވަރީ 2024ވާ އާދިއްތަ ދުވަހުން ފެށިގެން މިކައުންސިލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމް ބަލައިގަތުން އޮންނާނީ 14 ޖަނަވަރީ 2024ވާ އާދިއްތަ  ދުވަހުން ފެށިގެން 01 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރުފަހު 13.00އާއި ހަމައަށެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާފޯމް ބަލައިނުގަނެވޭނެތީ، މިމުއްދަތުގައި ފޯމް ހުށަހެޅުމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުން އެދެމެވެ.  

              ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ