ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރު މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2024 ވަނަ އަހަރު މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

   މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2024 ވަނަ އަހަރު މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

   މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 7951506މި ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

މި ބީލަމަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 ޖަނަވަރީ 2024 ން 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.

ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/9DwwfXQtwGUDE3ep6

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

       މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހު 13:00

25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހު 13:00

      ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ.

      އަދި  މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންނެވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުޅަދޫ ސްކޫލް

ބ. ފުޅަދޫ

ފޯން: 6600013

އީ-މެއިލް: [email protected]

15 ޖަނަވަރީ 2024
ހޯދާ