މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

       މިރަށު އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިއުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.
  2. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރ 19/2014 )ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ވަގުތަކީ 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30އެވެ. ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ބީލަމާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް ނޯންނާނެއެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ  2024 ޖަނަވަރީ 21 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން 9122102 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  2024 ޖަނަވަރީ 21 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައެވެ.  ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  
  6. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
  7. ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި  ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  މިބީލަމާއި ބެހޭ މައުލޫމާތު ކަރުދާސް، ބީލަން ހުށަހަޅާ ފޯމު އަދި ބިޑް ރަޖިސްޓްރޭޝަން ފޯމު މިއިއުލާނާއެކު އަޕްލޯޑްކުރެވިފައިވާނެއެވެ.

  1. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

 ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)

  • ކައުންސިލް އެގްޒެކެޓީވް – އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: [email protected]
14 ޖަނަވަރީ 2024
ހޯދާ