ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 17/2011 ގެ 27 ވަނަ މާއްދާގެ (ޅ) އަދި 47 ވަނަ މާއްދާގެ (ރ) ގެ ދަށުން ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވައިލުން

               މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ (ޤާނޫނު ނަންބަރު: 17/2011) 27 ވަނަ މާއްދާގައި "ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު" ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، އެ މާއްދާގެ (ޅ) ގައި 'މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގައި "ފަރުވާދޭ މަރުކަޒުތައް އުފެއްދުން" މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީއަށް ލިބިގެންވެއެވެ.

               މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވައިލައި، އެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ހުށަހަޅާ ޕްރޮޕޯސަލްގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

-    އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތް ފޯރުކޮށްދިނުން

-    ސައިކޭޓްރިކް އިވެލުއޭޝަން ހެދުން

-    ކައުންސެލިންގ ޚިދުމަތް ދިނުން

-    ސައިކޯ-ސޯޝަލް ތެރަޕީ ޚިދުމަތް ދިނުން

-    ޑްރަގް ޓެސްޓްކުރުން

-    ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން

               މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، ޕްރޮޕޯސަލް ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

               ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ސެޝަން އަދި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނެއެވެ. މި އިޢުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސެޝަން

17 ޖަނަވަރީ 2024 (ބުދަ)

10:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (ސީޓްރެކްސް ބިލްޑިންގ / ތިންވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

ޕްރޮޕޯސަލް ހުށަހެޅުން

22 ޖަނަވަރީ 2024 (ހޯމަ)

10:00

(މެންދުރުކުރި)

- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (ސީޓްރެކްސް ބިލްޑިންގ / ތިންވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

 

14 ޖަނަވަރީ 2024
ހޯދާ