ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅުމާއި ގުޅޭ

ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ކުރުމާ ގުޅޭ

 

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށްއެދޭ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން 01 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 އަށް ހުޅުވާލަމެވެ. 

ވީމާ، ފަޤީރުންގެ ދަފަތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ފުރިހަމަ ކުރުމަށަށްފަހު 01 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެވެ. މި ފޯމް ހުށަ ހަޅާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ އޮފީސް ހުޅުވިފައި ހުންނަ ވަގުތުތު ތަކުގައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމު ފުރާފައި ހުށަހަޅާއިރު މަޢުލޫމާތު ފުރިހަމަ ނުވާ ފޯމް ( ފޯމުގައި ހުށަ ހެޅުމަށް ބުނެފައިވާ ލިޔުންތަށް ހުށަ ނާޅާ ފޯމް ) ތައް ބަލައި ނުގަނެ ވޭނެ ވާހަކަ ދަންނަވަމެވެ.  

14 ޖަނަވަރީ 2024
ހޯދާ