މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިނެގުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

އިޢުލާން

މިރަށުގައި އުފެދޭކުނި ނެގުމާއި ކުނިނައްތާލުމާއިގުޅޭ ޤަވައިދުގެ ދަށުން ކައުންސިލުން ކުނިނެގުމުގެ ޚިދުމަތް ދޭން ފެށުމަށްޓަކައި، ޚިދުމަތަށް އެދި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 2024 ފެބްރުއަރީ 01 ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމު ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި ތިރީގައިވާ ގޫގަލް ފޯމް ލިންކު މެދުވެރިކޮށްވެސް ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ.

ގޫގަލް ފޯމް: https://forms.gle/Qf9cLVFL4hzErNJ66

14 ޖަނަވަރީ 2024
ހޯދާ