ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 14 ޖެނުއަރީ 2024 އިން 01 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 2021 އަދި 2022 ވަނަ އަހަރުގެ ދަފްތަރުގައި ތިބި ފަރާތްތަކުގެ ލިސްޓް ރިވިއު ކުރި އިރު ފޯރމް ހުށައެޅި ފަރާތްތަކުން އަލުން ފޯމު ހުށައަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް 2021 އަދި 2022 ވަނަ އަހަރުގެ ދަފްތަރުގައި ތިބިނަމަވެސް، ލިސްޓް ރިވިއު ކުރި އިރު ފޯމު ހުށަނާޅާ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީވާން އެދޭނަމަ ފޯމު ހުށައަޅަންޖެހޭނެއެވެ،.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ.

ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން "ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި ފޯމާއި އެކު ހުށަހަޅަން ޖެހޭ އެހެނިހެން ލިޔެކިޔުންތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

14 ޖަނަވަރީ 2024
ހޯދާ